އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/12/2019

ހިތަދޫ ސިއްހީމަރުކަޒަށް 50 އަހަރުފުރުން ފާހަގަކޮށްފި

ހައްދުންމަތީ ހިތަދޫ ސިއްޙީ މަރުކަޒު ފުރަތަމަ ހުޅުވީ 1 ޑިސެމްބަރު 1969 ވަނަ ދުވަހުއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/12/2019

L. Hithadhoo Hithadhoo Health center
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހައްދުންމަތީ ހިތަދޫ ސިއްޙީ މަރުކަޒަށް 50 އަހަރުފުރުން މިއަދު ހަވީރު ފާހަގަކޮށްފިއެވެ.

މިމަރުކަޒުގެ ޚިދުމަތުގެ 50 އަހަރު ފާހަގަކުރުމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑއިގެންފި އެވެ.

ހިތަދޫ ސިއްހީ މަރުކަޒަށް 50 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ދައުލަތުގެ ވަޒީރުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

1 ޑިސެމްބަރު 1969 ވަނަ ދުވަހު ހުޅުވި މިޞިއްޚީމަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތާއި ބަލިމީހުން ބަލާފަރުވާ ދިނުމާއި އެޑްމިޓްކުރާނެ ވާޑެއްވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި ޕަބްލިކް ހެލްތު ޕްރޮގްރާމް ކުރިޔަށްގެންދިޔުމުގެ އިތުރުން މިހާރު މޯބައިލް ލެބޯޓަރީގެ ދަށުން މާމެންދޫ، ކުނަހަންދޫގެ ހެލްތް ސެންޓަރުތަކުން ބްލަޑް ސާމްޕަލް ފޮނުވުމުން ޓެސްޓު ހެދުމަށްފަހު އޭގެ ނަތީޖާ ހިތަދޫ ހެލްތު ސެންޓަރުން އެ މަރުކަޒުތަކަށް ފޯރުކޮށްދެއެވެ.

މީގެ 50 އަހަރު ކުރިން، ހިތަދޫގައި ޞިއްޚީ ހިދުމަތް ފަށާފައިވަނީ ހެލްތް ސެންޓަރެއްގެ ގޮތުގައި އެންމެ ހެލްތް އެސިސްޓެންޓަކާ އެކުއެވެ. ހެލްތް ސެންޓަރަށް ފުރަތަމަ ޑޮކްޓަރެއްގެ ޚިދުމަތް ލިބެންފެށިފައިވަނީ 9 ޖޫން 1997 ގައެވެ. އަދި ހިތަދޫ ޞިއްޚީމަރުކަޒަކީ، މިހާރު 29 މުވައްޒަފުންނާއެކު 24 ގަޑިއިރަށް ޚިދުމަތް ދެމުން ގެންދާ ލެވެލް 3 ގެ ޞިއްޚީ މަރުކަޒެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ