އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 28/11/2019

މަރުވެފައިވާ ސުއިއްޕެއް ފެނުމުގެ ސަބަބުން ފިޒީ އެޕަލް ގެ ބެޗެއް ނުވިއްކުމަށް އެމްއެފްޑީއޭ އިން އެދެފި

ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނޫސް ބަޔާނުގައި ވާގޮތުން މި މަރުވެފައިވާ ސޫފި ފެނިފައިވަނީ B. No 0202 PKD 020819 ބެޗުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 28/11/2019

MFDA
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދިވެހިންގެ ތެރޭގައި މަޝްހޫރު ފިޒީ ބުއިމެއް ކަމަށްވާ "ފިޒީ އެޕަލް"ގެ ބެޗަކުން މަރުވެފައިވާ ސުއިއްޕެއް ފެނިފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބުނެފި އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނޫސް ބަޔާނުގައި ވާގޮތުން މި މަރުވެފައިވާ ސޫފި ފެނިފައިވަނީ B. No 0202 PKD 020819 ބެޗުންނެވެ. އަދި މި ބެޗުން ސޫފި ފެނުމުގެ ސަބަބުން ރައްކާތެރިކަމުގެ ގޮތުން މި ބެޗް ރިކޯލް ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ އޮތޯރިޓީއިން ވަނީ ބުނެފަ އެވެ. މި ޕްރޮޑަކްޓްގެ ރައްކާތެރިކަމަށް ތަފާތު ބެޗްތަކުން ސާމްޕަލް ނަގައި އިތުރަށް ޗެކް ކުރަމުންދާ ކަމަށްވެސް އޮތޯރިޓީއިން ވަނީ ބުނެފަ އެވެ.

މީގެއިތުރުން "ފިޒީ އެޕަލް"ގެ މި ބެޗު ނުވިއްކުމަށްވެސް އެމްއެފްޑީއޭ އިން ވަނީ އެދިފަ އެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި އެމްއެފްޑީއަށް ގުޅުމަށްވެސް މި ނޫސް ބަޔާނުގައި އެ އޮތޯރިޓީން ވަނީ އާއްމުންގެ ކިބައިން އެދިފަ އެވެ.

"ފިޒީ އެޕަލް" މި ބުއިމަކީ "އެޑަމްސް މޯޖޯ ފިޒް"ގެ ބްރޭންޑެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ