
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ ) އިން "ދިރިތި ނަމުގައި ޕޯޓަލްއެއް އިފްތިތާހް ކޮށްފި އެވެ.
އާއްމުނަށް ފޯރުކޮށްދެމުންދާ ޙިދުމަތްތައް އޮންލައިންކޮށް ލުއިފަސޭހަކަމާއިއެކު ފޯރުކޮށް ދިނުމަށްޓަކައި އެމް.އެފް.ޑީ.އޭ އިން ޤާއިމްކުރި މި ޕޯޓަލް އިފްތިތާހް ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީނެވެ.
"ދިރިތި" ޕޯޓަލް އިފްތިތާހްކޮށް އެމް.އެފް.ޑީ.އޭއިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިޕޯޓަލް އަކީ އާއްމު ފަރުދުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ލުއިފަސޭހަކަމާއިއެކު ދިނުމަށާއި މަސައްކަތުގެ ދުވެލި އަވަސް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ލުއިފަސޭހައެއް ކަމަށެވެ.
އެމް.އެފް.ޑީ.އޭ އަކީ ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަން ބެލެހެއްޓުމަށް އެ ތަކެތީގެ ރަޖިސްޓްރޭޝަން އާއި ހުއްދަ ދިނުމަށް ޙާއްސަ މުވައްސަސާ އަކަށް ވާއިރު، ކުރިއަށް އޮތްތަނުގައި މި ހިދުމަތްތައް "ދިރތި" އޮންލައިން ޕޯޓަލް މެދުވެރިކޮށް ލިބޭނޭ ކަމަށް އެމް.އެފް.ޑީ.އޭއިން ވަނީ ބުނެފައެވެ.
މީގެއިތުރުން ސަރުކާރުގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ ޞިއްޙީ ޚިދުމަތް ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން "ދިރިތި" ޕޯޓަލް ތައާރަފްކުރުމަކީ މި ސަރުކާރަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށްވެސް އެމް.އެފް.ޑީ.އޭގެ ނުސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)