
ހއ. އުތީމު ސިއްހީ މަރުކަޒުން ލެބޯޓަރީ ސާމްޕަލް، އެ އަތޮޅު ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ފޮނުވުމުގެ ހިދުމަތް ފަށައިފި އެވެ.
މި ހިދުމަތް ފެށުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވާ ކަމަށް އުތީމު ހެލްތު ސެންޓަރުގެ ކޮމިއުނިޓީ ހެލްތް އޮފިސަރ ޝަހުދާ އަބްދުﷲ އަލީ ވަނީ ވިދާޅުވެފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ.
ހއ. އުތީމު ސިއްހީ މަރުކަޒުން ލެބޯޓަރީ ސާމްޕަލް ފޮނުވަން ފެށުމުގެ ހިދުމަތާއި ގުޅިގެން ވާހަކަދައްކަވަމުން ޝަހުދާ ވިދާޅުވީ އުތީމު ސިއްހީ މަރުކަޒުން ނަގާ ލެބޯޓްރީ ސާމްޕަލް ފޮނުވޭނެ ގޮތެއް ކުރިން ހަމަޖެހިފައި ނުހުންނަ ކަމަށެވެ. އަދި ލެބޯޓްރީގެ ހިދުމަތް ހޯދުމަށް ދިއްދޫގައި ހުންނަ ހޮސްޕިޓަލަށް ރަށު ރައްޔިތުންނަށް ދަތުރުކުރަން ޖެހޭކަމަށްވެސް ޝަހުދާ ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ މަހު ލ. އަތޮޅުގެ 4 ރަށެއްގައިވެސް މޯބައިލް ލެބޯޓްރީގެ ޚިދުމަތް ވަނީ ފަށާފައެވެ. އެރަށްތަކަކީ ލ. ކުނަހަންދޫ، ލ. ދަނބިދޫ، ލ. މުންޑޫ އަދި ލ. މާމެންދޫ އެވެ. އަދި މިޚިދުމަތުގެ ސަބަބުން މިރަށްރަށުގައި ދިރިއުޅޭ 3500 އަށް ވުރެ ގިނަ މީހުންނަށް ފައިދާ ކުރާނެ ކަމަށް ލަފާ ކުރެވެއެވެ (އިތުރަށް ކިޔާ).
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)