އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 12/02/2020

ހޯޕް އެންޑް ސަޕޯޓް ސޮސައިޓީއިން ޕޯސްޓްޕާރޓަމް ޑިޕްރެޝަން ހުންނަ މީހުންނަށް ހާއްސަ ސެޝަންއެއް ބާއްވަނީ

މިސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ފެބްރުއަރީ ވާ ހުކުރު ދުވަހު ހަވީރުއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 12/02/2020

Hope and Support Society
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހޯޕް އެންޑް ސަޕޯޓް ސޮސައިޓީއިން އިސްނަގައިގެން ވިހެއުމާއި ގުޅިގެން ދިމާވާ ޑިޕްރެޝަން އަދި އެންޒައިޓީ (ޕޯސްޓްޕާރޓަމް ޑިޕްރެޝަން) ތަހައްމަލް ކުރަމުންދާ އަންހެނުންނަށް ހާއްސަކޮށް ސެޝަންއެއް ބޭއްވުމަށް ނިންމައިފި އެވެ.

21 ފެބްރުއަރީ ވާ ހުކުރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބައި ކުރިއަށް ގެންދާނީ ޕޯސްޓްޕާރޓަމް ޑިޕްރެޝަން އެންޑް އެންޒައިޓީ ސަޕޯޓު ގްރޫޕެއްގެ ގޮތުގައި ކަމަށް އެ އެންޖީއޯގެ ފައުންޑަރ އައިޝަތު ޝަނިއްޔާ (އައިޝާ) ވިދާޅުވި އެވެ. 

އައިޝާ އިތުރަށް ވިދާޅުވި ގޮތުގައި ސަޕޯޓް ގްރޫޕްގެ ބައި ހާއްސަކޮށްފައިވާނީ ވިހެއުމާއި ގުޅިގެން ޑިޕްރެޝަން އަދި އެންޒައިޓީ ތަހައްމަލްކުރަމުންދާ ބައިވެރިންގެ އިހްސާސްތައް އެކަކު އަނެކަކާއި ހިއްސާކޮށް މަޝްވަރާ ކުރުމަށެވެ. 

އަދި ދެވަނަ ބައިގައި ސައިކޮލޮޖީ ދާއިރާއިން މާސްޓާރސް ހާސިލްކޮށްފައިވާ އައިޝަތު ޝިފްނީގެ ހާއްސަ މައުލޫމަތު ސެޝަނެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ. މި މައުލޫމާތު ސެޝަންވެސް ހާއްސަކޮށްފައިވާނީ ހަމަ ޕޯސްޓްޕާރޓަމް ޑިޕްރެޝަން އަދި އެންޒައިޓީއަށް ކަމަށް އައިޝާ ވަނީ ވިދާޅުވެފަ އެވެ.

ހޯޕް އެންޑް ސަޕޯޓް ސޮސައިޓީއަކީ ނަފްސާނީގޮތުން ކުރިމަތިވާ ތަފާތު ބަލިތަކާއި ގުޅޭގޮތުން އާއްމުންގެ ހޭލުންތެރިކަން އިތުރުކޮށް އަދި އިތުރަށް ހިތްވަރު ދިނުމުގެ ގޮތުން އެކުލަވާލައިފައިޥަ އަމިއްލަ އެންޖީއޯއެކެވެ. މި އެންޖީއޯ އިން މީގެކުރިންވެސް މިފަދަ ގިނަ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މިމަހު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މީގެ 12 ވަނަ ސެޝަން އެވެ. 

ދާދިފަހުން އެ އެންޖީއޯ އިންވަނީ މ. މުލަކުގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ/ފުރައްސާރަ އާއި ގުޅޭގޮތުންވެސް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ޕޯސްޓަޕާރޓަމް ޑިޕްރެޝަންއަށް ހާއްސަކޮށް މިމަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އެގޮތުން މި ލިންކް މެދުވެރިކޮށް ސެޝަންގައި ރެޖިސްޓާރ ވެވޭނެކަމަށް އައިޝާ ވިދާޅުވި އެވެ. 

އދި ވައިބާ ގްރޫޕަށް ވަންނަން ބޭނުންވާ މީހުން ހޯޕް އެންޑް ސަޕޯޓް ސޮސައިޓީގެ ޓްވިޓާގައި ވާ ލިންކް މެދުވެރިކޮށް ވަދެވޭނޭ ކަމަށްވެސް އައިޝާ ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ