އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 06/02/2020

މާސްކްތަކުގެ ފަހަތުގައި ތިބި ހަގީގީ ބަތަލުން

ޗައިނާގެ މެޑިކަލް ކޭމްޕްތަކުގައި ހަރަކާތްތެރިވާ ނަރުހުން އެމީހުންގެ ޝިފްޓް ނިންމާލުމަށްފަހު މޫނުމަތިން މާސްކް ނަގާ ވަގުތަކީ ވޭނުން ފުރިގެންވާ ވަގުތެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 06/02/2020

China Nurse Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިފަހަކަށް އައިސް ދުނިޔެދުށް އެންމެ ބިރުވެރި އެއް ބަލިމަޑުކަމަކީ މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަހެވެ. ސީދާ ޗައިނާއިން އުފަންވެ އެ ޤައުމުގެ ހުރިހާ ހިސާބަކަށް ފެތުރިފައިވާ މި ވައިރަހުގެ ސަބަބުން ޗައިނާ ވަނީ ހުއްޓުމުކަށް އައިސްފައެވެ. ފަސޭހަކަމާއެކު ފެތުރެމުންދާ މި ނުރައްކާތެރި ވައިރަހުގެ ސަބަބުން ޗައިނާގެ ގިނަ ރައްޔިތުންތަކެއް ތިބީ ގިނަ ހިދުމަތްތަކަކުން މަހްރޫމް ވެފައެވެ.

ކޮރޯނާވައިރަސް ހަލުވި ކަމާއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި އެންމެ ފުރިހަމަ ނަމޫނާ އެއްވެސް ދައްކާފައިވަނީ ހަމަ ޗައިނާއަށް ނިސްބަތްވާ ބައެކެވެ. އެއީ އެ ޤައުމުގެ ސިއްހީ އެހީތެރިންނާއި، ނަރުހުންނާއި އަދި ޑޮކްޓަރުންނެވެ.

ޗައިނާގެ ވޫހާން ސިޓީގައި ހުންނަ ޖަނަވާރުންގެ ވިޔަފާރިކުރާ މާރުކޭޓަކުން ފެނުނު މި ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އެ ސިޓީ އާއި ގާތުގައި އޮންނަ ހުބޭއީ އަވަށަށެވެ. ހަމައެއާއެކު ޗައިނާ ސަރުކާރުން ވަނީ ގިނަ ސިއްހީ އެހީތެރިންތަކެއް އެ އަވަށަށް ވެސް ފޮނުވާފައެވެ. އޭގެތެރޭގައި މެޑިކަލް ދާއިރާއިން ރިޓަޔާވެފަ ތިބި ގިނަ ސިއްހީ އެހީތެރިންނެއް ވަނީ އަމިއްލައަށް އެދިގެން މެޑިކަލް ޓީމްތަކުގައި ބައިވެރިވެފަ އެވެ. އަދި އޭގެތެރެއިން ބައެއް މީހުންވަނީ ކޮރޯނާވައިރަސް ޖެހި މަރުވެފަ އެވެ.

ޗައިނާގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރަމުންދާ ކޮންމެ ސިއްހީ އެހީތެރިއެއްވެސް މަސައްކަތަށް ނުކުންނަން ޖެހެނީ ވަކި ހާއްސަ ސޫޓެއްގައެވެ. ހަޒްމަޓް ސޫޓްގެ ނަމުން ނަންދީފައިވާ މި ސޫޓާއެކު ވަކި ހާއްސަ އައިނަކާއި މާސްކެއް އަޅަންޖެހެއެވެ. އެހެންގޮތަކަށް ބުނާނަމަ މި ސޫޓުގައި ހުންނައިރު އެމީހުންނަށް އަމިއްލަ ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި އަތެއް ނުލެވޭނެ އެވެ. 

ޗައިނާގައި މަސައްކަތް ކުރަމުންދާ ނަރުހުން ސިފަކުރެވިފައިވަނީ ހަގީގީ ބަތަލުންގެ ގޮތުގައި (ފޮޓޯ: ޕީޕަލްސް ޑެއިލީ، ޗައިނާ)

ޗައިނާގެ މެޑިކަލް ކޭމްޕްތަކުގައި ހަރަކާތްތެރިވާ ނަރުހުން އެމީހުންގެ ޝިފްޓް ނިންމާލުމަށްފަހު މޫނުމަތިން މާސްކް ނަގާ ވަގުތަކީ ވޭނުން ފުރިގެންވާ ވަގުތެކެވެ. ބާރުކޮށް އަޅާފައި ހުންނަ މާސްކްގެ ސަބަބުން ނަރުހުންގެ މޫނުގެ ތަންތަން ވަނީ ނޫފައިގަނެ ފާރުވެފައެވެ. ނަމަވެސް އެ ވަރަކުން ނިންމައެއް ނުލެވެއެވެ. އަނެއްދުވަހުވެސް ޝިފްޓް ޖެހުމުން އެ ޒަހަމްތައް މަތިން މާސްކް އެޅުމަށް އެމީހުން ތިބީ ތައްޔާރަށެވެ.

ބައެއް މީޑިޔާތަކުން ޗައިނާގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ސިއްހީ ވޯކަރުންނާއި ހަވާލާދީ ބުނެފައިވާގޮތުން ޑިޔުޓީގައި ތިބޭ ވަގުތު އެމީހުނަށް ޒަރޫރީ ބޭނުންތައް ފުއްދުމަށްވެސް ވަގުތެއް ނުވެއެވެ. އެގޮތުން ޑިޔުޓީގައި ތިބޭވަގުތު ލާންޖެހޭ ސޫޓްގެ ގޮތުން ފާހަނާ ކުރުމުންވެސް އެމީހުންވަނީ މަހްރޫމްވެފަ އެވެ. އެހެންވެ ގިނަ ސިއްހީ އެހީތެރިން ތިބެނީ ސޫޓްގެ އޑިން ނެޕީ ޖަހައިގެންނެވެ.

ސޯޝަލް މީޑިޔާގައި އެމީހުންގެ ފޮޓޯތައް ދައުރުވަމުންދާއިރު، ގިނަ ބަޔަކު އެ މީހުން ސިފަކޮށްފައިވަނީ ހަގީގީ ހީރޯއިންގެ ގޮތުގަ އެވެ. އަމިއްލަ އާއިލާ ދޫކޮށް ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްކުރާ މިމީހުންނަކީ ހަމަ ހަގީގަތުގައިވެސް  ބަތަލުން ތަކެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ