އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 05/02/2020

ކޮރޯނާވައިރަހަށް ތައްޔާރުވުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

މި ހަރަކާތުގެ ތެރެއިން 130 ހެލްތް ފެސިލިޓީއަކުން ޖުމްލަ 6،461 މީހުންނަށް މި ބައްޔާއި ގުޅޭގޮތުން މައުލޫމާތު ދީފައިވޭ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 05/02/2020

Ministry of Health Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ނޮވެލް ކޮރޯނާ ވައިރަހަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި އަތޮޅުތެރޭގައި ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ހެލްތް މިނިސްޓްރީގެ އިސްނެގުމުގެމަތިން މި ހަރަކާތްތައް ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މި ހަރަކާތުގެ ތެރެއިން 130 ހެލްތް ފެސިލިޓީއަކުން ޖުމްލަ 6،461 މީހުންނަށް މި ބައްޔާއި ގުޅޭގޮތުން މައުލޫމާތު ދީފައިވާނޭ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮރޯނާ ވައިރަހަށް ހޭލުންތެރިކުރުވުމުގެ މި ހަރަކާތް މާލޭ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވަނީ ޖެނުއަރީ 30 އިން މިމަހުގެ 3 ވަނަ ދުވަހާއި ހަމައަށެވެ. މާލޭ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ޕޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށް މި ވައިރަހާއި އަދި ވައިރަހުން ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މައުލޫމާތ ދީފައިވާ ކަމަށް ހެލްތުން ވަނީ ބުނެފަ އެވެ. 

ހަމައެހެންމެ ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް މޯލްޑިވްސް ރެޑްކްރެސެންޓްގެ އެހީތެރިކަމާއެކު ޖުމްލަ 5 ބަހަކުން މި ވައިރަހާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ވެސް ވަނީ ހިންގާފައެވެ. އަދި މީޑިޔާގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެންވެސް މި ހަރަކާތްވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތުގެ ތެރެއިން 130 ހެލްތް ފެސިލިޓީއަކުން ޖުމްލަ 6،461 މީހުންނަށް މި ބައްޔާއި ގުޅޭގޮތުން މައުލޫމާތު ދީފައިވޭ

ހެލްތް މިނިސްޓްރީއިން ބުނެފައިވާގޮތުގައި ކޮރޯނާވައިރަހަށް ތައްޔާރުވުމުގެ ގޮތުން އެއާޕޯޓުގައި ހަރަކާތްތެރިވާ މުއައްސަސާތަކަށް ފަރިތަކުރުވުމަށް ޓެބަލް ޓޮޕް އެކްސަސައިޒް އެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މާލޭގެ އިތުރުން ރާއްޖެތެރޭގައި މި ވައިރަހަށް ތައްޔާރުވުމުގެ ގޮތުން ގޭގެއަށް ޒިޔާރަތްކޮށް މި ވައިރަހާއި ގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި ސްކޫލުގެ ދަރިވަރުން ހިއްސާވާގޮތަށް ސަރުކާރު އަދި އެހެނިހެން މުއައްސަސާތަކުގެ ގެ މުވައްޒަފުންނަށް އަމާޒުކޮށް ވަނީ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ.

އަދިހަމައެހެންމެ އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގެ ޕަބްލިކް ހެލްތް ވޯކަރުންނާއި، ޑޮކްޓަރުން، ނަރުހުން އަދި ލެބޯޓްރީ ޓެކްނީޝަނުން ހިމެނޭގޮތަށް ވަނީ ޓެލެކޮންފަރެންސެއް ކުރިއަށް ގެންގޮސްފައެވެ. މި ޓެލެކޮންފަރެންސްގައި ޖުމްލަ 306 ފަރާތެއް ބައިވެރިވެފައިވާ ކަމަށް ހެލްތް މިނިސްޓްރީއިން ބުނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ