އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 04/02/2020

ފާއިތުވި ދިހަ އަހަރު ތެރޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދެވޭ ފަރުވާގެ އަދަދު އިތުރުވެއްޖެ – ޑރ. ފަރުޒާނާ ޝައުޤީ

ޑރ. ފަރުޒާނާ ޝައުޤީ އަކީ މިދާއިރާގައި 30 އަހަރަށް ވުރެ ގިނަދުވަސް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. 
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 04/02/2020

Speech Therapy Children with Special Needs Autism Dr. Farzana Shaugee
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފާއިތުވި ދިހަ އަހަރު ތެރޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދެވޭ ފަރުވާގެ އަދަދު އިތުރުވެއްޖެ ކަމަށް އައިޖީއެމްއެޗްގެ ޕްރިންސިޕަލް ސްޕީޗް ތެރަޕިސްޓް ޑރ. ފަރުޒާނާ ޝައުޤީ ވިދާޅުވެއްޖެއެވެ.

ޓީވީއެމް ގެ ހެނދުނު ހެނދުނާ ޕްރޮގްރާމްގައި މިދިޔަ ބުދަ ދުވަހު ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ފަރުޒާނާ ވިދާޅުވީ މިކަމުގެ އެންމެ ބޮޑު ސަބަބަކީ މުޖުތަމައު ތެރޭގައި ހޭލުންތެރިކަން އިތުރުވުން ކަމަށެވެ. އަދި ހަމަ އެއާއެކު އޯޓިޒަމް ފަދަ ބަލިތައް އިތުރުވެއްޖެ ކަމަށް ވެސް ޑރ. ފަރުޒާނާ ވިދާޅުވިއެވެ.

"[ފާއިތުވި] 30 އަހަރު ތެރޭގެ ފުރަތަމަ 20 އަހަރު އަޅުގަނޑު ނުދެކޭ ކަހަލަ ނުވަތަ މަސައްކަތް ނުކުރާ ކަހަލަ ވަރަށް ބައިވަރު ކުދިންތަކެއް އަދި ވަރަށް ބައިވަރު ބަލިތަކެއް [ފެނިއްޖެ]"

މީގެ އިތުރުން މިކަމުގެ ސަބަބުން ހޮސްޕިޓަލް ތެރޭ ސްޕީޗް ތެރަޕިސްޓުންނަށް ބާރުބޮޑުވެ އިތުރު ތެރަޕިސްޓުން ބޭނުންވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި މިވަގުތު ވެއިޓްލިސްޓްގައިވެސް އެތަކެއް ބަޔަކު ހުރިކަމަށް ޑރ. ފަރުޒާނާ ވިދާޅުވިއެވެ.

ސްޕީޗް ތެރަޕީ އަކީ ކޮބައިކަން ކިޔައިދެއްވަމުން ޑރ. ފަރުޒާނާ ވިދާޅުވީ އެއީ ވާހަކަ ދެއްކުމުގެ އެއްވެސް އުނދަގުލެއް ވާނަމަ އެކަމަށް ދެވޭ ފަރުވާގެ ގޮތުގައެވެ. 

އޯޓިޒަމް އަދި އޭޑީއެޗްޑީ ފަދަ ހެދިބޮޑުވުމުގައި ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ވާހަކަ ދެއްކުން ލަސްވެ ފަރުވާ ބޭނުންވެއެވެ.

މިފަރުވާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އިތުރުން އެހެނިހެން މީހުންވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އާގަންނަ މީހުންނާއި، އަޑުގެ މައްސަލަ ހުންނަ މީހުންނާއި، ސްޓްރޯކެއް ޖެހުމުގެ ސަބަބުން ވާހަކަ ދައްކަން އުނދަގޫވުމާއި، ކާއެއްޗެހި ދިރުވުމުގައި ދަތިތައް ކުރިމަތިވާ މީހުންނަށްވެސް މިތެރަޕީ ބޭނުންވާ ކަމަށް ފާހަގަކުރެއްވިއެވެ.

ސްޕީޗް ތެރަޕީ ކުއްޖަކަށް ބޭނުންވާކަން ދެނެގަނެވޭނީ އެކުއްޖާގެ މައިންބަފައިނަށާއި އާއިލާ މީހުންގެ އިތުރުން ކުޑަކުދިންގެ ޑޮކްޓަރުންނަށް ކަމަށް ޑރ. ފަރުޒާނާ ވިދާޅުވިއެވެ. އަދި ކުއްޖާ ބޮޑުވާ ފަހުން ސްކޫލަށާއި ރައްޓެހިން އަދި ގާތް ތިމާގެ މީހުންނަށް ވެސް ދެނެގަނެވޭނެ ކަމަށް ފާހަގަކުރެއްވިއެވެ.

ޑރ. ފަރުޒާނާ ޝައުޤީ އަކީ މިދާއިރާގައި 30 އަހަރަށް ވުރެ ގިނަދުވަސް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ