އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 23/01/2020

އިތުރު ދެ މީހަކު ހިމަބިއްސަށް ޕޮސިޓިވް ވެއްޖެ

މިއާއެކު މިހާތަނަށް ރާއްޖެއިން ހިމަބިއްސަށް ޕޮސިޓިވް ވި މީހުންގެ އަދަދު 6 އަކަށް އަރައިފިއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 23/01/2020

HPA Vaccination Measles
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު އިތުރު ދެ މީހަކު ހިމަ ބިއްސަށް ޕޮސިޓިވް ވެއްޖެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަށަވަރުކޮށްދީފިއެވެ.

އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދު ޓެސްޓު ކުރެވުނު ނުވަ މީހުންގެ ތެރެއިން ދެ މީހުން ހިމަ ބިއްސަށް ޕޮސިޓިވް ވެފައިވާ ކަމެވެ. އަދި އިއްޔެ ޓެސްޓު ކުރެވުނު ނުވަ މީހުންގެ ތެރެއިން އެއްވެސް މީހަކު ޕޮސިޓިވް ނުވާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ހިމަބިއްސަށް ޕޮސިޓިވް ވި މީހުންގެ އަދަދު 6 އަކަށް އަރައިފިއެވެ. މިއަދު މިބައްޔަށް ޕޮސިޓިވް ވި މީހުންގެ މައުލޫމާތެއް އެޗްޕީއޭ އަކުން އަދި ހިއްސާއެއް ނުކުރެއެވެ.

މީގެ އިތުރުން މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ޖަލްސާއެއްގައި ވަނީ އިންޑިއާ ސަރުކާރުން 30،000 ޑޯޒްގެ ހިމަ ބިހި ވެކްސިން މިނިސްޓްރީއާއި ހަވާލުކޮށްފައެވެ. 

ހެލްތު މިނިސްޓްރީން އިއްޔެ ވަނީ 6-7 ދުވަސް ތެރޭގައި ޤައުމީ ވެކްސީން ދިނުމުގެ ކެމްޕެއިންއެއް ހިންގާނެކަމަށް އިއުލާނުވެސް ކޮށްފައެވެ.

 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ