އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 23/01/2020

ވެލާ ޕްރައިވެޓް އައިލެންޑުގެ ފަރާތުން 3 އެންޖީއޯއަކަށް 250،000 ރުފިޔާގެ އެހީއެއް

މި 3 އެންޖީއޯ އަކީ ތެލެސީމިޔާ ސޮސައިޓީ، ކެއަރ ސޮސައިޓީ އަދި ކެންސަރ ސޮސައިޓީ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 23/01/2020

Thalassemia Society Care Society Cancer Society
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ވެލާ ޕްރައިވެޓް އައިލެންޑްގެ 6 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 3 އެންޖީއޯއަކަށް ދެލައްކަ ފަންސާސްހާސް ރުފިޔާ ހަދިޔާ ކޮށްފިއެވެ. ވެލާއިން ބުނިގޮތުގައި މިއީ މިގޮތަށް އެހީވެދެވޭ 2 ވަނަ އަހަރެވެ. އަދި މި 3 އެންޖީއޯ އަކީ ތެލެސީމިޔާ ސޮސައިޓީ، ކެއަރ ސޮސައިޓީ އަދި ކެންސަރ ސޮސައިޓީ އެވެ.

ވެލާއިން މިވެދިން އެހީއާއި ގުޅޭގޮތުން ތެލެސީމިޔާ ސޮސައިޓީއިން ބުނެފައިވަނީ އަމިއްލަ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އެއެންޖީއޯއިން ކުރަމުން އަންނަ މަސައްކަތް ދެމެހެއްޓެނިވިގޮތެއްގައި ކުރުމަށް ވަރަށް މުހިންމުކަމެއް ކަމަށެވެ. މީގެކުރިންވެސް އެކި ކުންފުނިތަކުން ތެލެސީމިޔާ ސޮސައިޓީއަށް ވަނީ މިފަދަ އެހީތައް ފޯރުކޮށްދީފަ އެވެ.

1994ވަނަ އަހަރު އުފައްދާފައިވާ ތެލެސީމިޔާ ސޮސައިޓީއިން ބުނިގޮތުގައި މިފަދަ އެހީތަކަކީ ތެލަސީމިޔާ ކުދިންނަށް ހަމަ ހަމަ އަދި ރަނގަޅު ފުރުޞަތުރަކެއް ހޯދައިދިނުމަށް ލިބިގެންދިޔަ އިތުރު ފުރުޞަތެއްކަމަށެވެ. އަދި ވެލާއިން ފޯރުކޮށްދިން ފައިސާގެ އެހީއަށް އެ ސޮސައިޓީއިން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ވެލާއިން މިވެދިން އެހީއަށް ޝުކުރު އަދާކުރަމުން ކެއަރ ސޮސައިޓީ އިން ބުނީ މިއެހީގެ ސަބަބުން އިތުރު އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިއީ ލިބުނު ފުރުސަތެއް ކަމަށެވެ. އަދި ހިންގަން ތައްޔާރަށް ހުރި ޕްރޮގްރާމްތަކާއި ހިދުމަތްތައް ވަރުގަދަ ކުރުމާއި ނުކުޅެދުންތެރިކަން ހުރި މީހުންނަށް އެހީތެރިވެދިނުމަށް މިއެހީ ބޭނުން ކުރެވޭނެ ކަމަށެވެ.

ކެންސަރ ސޮސައިޓީއިން ވެލާއިން ލިބުނު އެހީއާއި ބެހޭގޮތުން ބުނީ މިފަދަ އެހީތަކުގެ ސަބަބުން އެސޮސައިޓީއިން ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ލިބުމާއި، ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތައް ހާސިލްކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން މުޖުތަމައުގައި ކެންސަރުން ލިބޭ ގެއްލުންތައް މަދުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ކެންސަރ ސޮސައިޓީއިން ވަނީ މިދިޔަ އަހަރު ވެލާއިން ވިއެހީގެ ސަބަބުން ރާއްޖޭގައި 18 ރަށެއްގައި އަދި މާލޭގެ 6 ތަނެއްގައި މައުލޫމާތު ސެޝަންތައް ބާއްވާ 4،800 މީހުން ސްކްރީން ކުރެވިފައިވާކަން ފާހަގަކޮށްފައެވެ. އަދި 150 މެމްބަރުން އެކުލެވޭ ކެންސަރ ސަޕޯޓް ގްރޫޕްގެ 55 ބައްދަލުވުން މިހުސްވި އަހަރު ބޭއްވުނު އިރު 15 ސައިކޯސޯޝަލް ސަޕޯޓް ސެޝަންވެސް ވަނީ ބާއްވާފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ