އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 11/01/2020

ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ޖަޕާނުން 1.3 މިލިއަން ހަދިޔާ ކޮށްފި

މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މަރުކަޒުގައި މިހާރު ހުރި ކްލިނިކް އިތުރަށް މަރާމާތުކޮށް ޖާގައިގެ ތަނަވަސްކަން އިތުރުކުރުމަށާއި، އެމަޖަންސީ ހާލަތް ތަކުގައި މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް އަވަސް ފަރުވާދެވޭނެ އިންތިޒާމު ގާއިމުކުރުމަށެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 11/01/2020

Home for people with special needs Japan Ministry of Gender and Family
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކ. ގުރައިދޫ ޤާއިމްކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މައުރަޒަށް ޖަޕާނު ސަރުކާރުގެ ފަރާރުން 1.3 މިލިއަން ރުފިޔާ ހަދިޔާ ކޮށްފި އެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، ޖަޕާނު ސަރުކާރުގެ ފަރާތުން އެހީދޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މަރުކަޒުގެ ސީއީއޯ އިމްރާން އިބްރާހިމްއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މަރުކަޒުގައި މިހާރު ހުރި ކްލިނިކް އިތުރަށް މަރާމާތުކޮށް ޖާގައިގެ ތަނަވަސްކަން އިތުރުކުރުމަށާއި، އެމަޖަންސީ ހާލަތް ތަކުގައި މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް އަވަސް ފަރުވާދެވޭނެ އިންތިޒާމު ގާއިމުކުރުމަށެވެ. އަދި މި ކަމުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށް ވެސް ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ޖަޕާނު ސަފީރު ވިދާޅުވީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ބައެއް ބަލި މީހުންނަށް ބޭނުންވާ ކުއްލި ފަރުވާ ނުލިބޭ ވާހަކަތައް އަޑުއެއްސެވީ ވަރަށް ހިތާމައާއިއެކު ކަމަށެވެ. އަދި އެ މަރުކަޒުގައި ތިބި ބަލި މީހުންނަށް ކުއްލި ފަރުވާ ދެވޭނެ ވަޞީލަތްތައް ޖަޕާނު ސަރުކާރުގެ ފަރާތުން ފޯރުކޮށްދެވޭތީ އެކަމާ އުފާކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ފައިސާގެ އެހީގެ އިތުރުން، ޖަޕާނު ސަރުކާރުން ހަދިޔާކުރި ޞިއްޙީ ޙިދުމަތް ދިނުމަށް ބޭނުންކުރާ އާލާތަތްކުގެ ތެރޭގައި ބަލިމީހުން ބާއްވާ 4 އެނދާއި، ބޭސް ރައްކާކުރާނެ ފްރިޖަކާއި، އެސްޕިރޭޓަރާއި، ރެސްޕިރޭޓަރު އަދި އިލެކްޓްރޯ-ކަރޑިއޯގްރާފް ސިސްޓަމްތަކުގެ އިތުރުން ކުއްލި ސަރޖަރީ ހަދަން ބޭނުންވާ ސާމާނު ހިމެނެއެވެ.

ރާއްޖެއާ ޒަމާނުއްސުރެން ގާތްގުޅުމެއް ބާއްވަމުން އަންނަ ޖަޕާނު ސަރުކާރުން މި އެހީ ފޯރުކޮށްދީފައިވަނީ، އެ ޤައުމުގެ "ގްރާންޓް އެސިސްޓަންސް ފޯރ ގްރާސް-ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ) ސްކީމް" ގެ ތެރެއިންނެވެ.

ގުރައިދޫގައި ހުންނަ މި މަރުކަޒުގައި މިހާރު ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ 200 މީހުން ދިރިއުޅެމުންދެ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ