އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 05/01/2020

ރާއްޖޭގެ ހޮސްޕިޓަލެއްގައި ނެބިއުލައިޒާ މާސްކް ރީޔޫސްކުރާ މައްސަލައެއް ފެންމަތިވެއްޖެ

އެނގިފައިވާ ގޮތުގައި ނެބިއުލައިޒާ މާސްކް ރީ-ޔޫސްކޮށްފައިވަނީ ގއ. ވިލިގިލީގައި ހުންނަ އެއަތޮޅު ހޮސްޕިޓަލްގަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 05/01/2020

GA. Villingili GA. Atoll Hospital Minstry of Health
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގެ ހޮސްޕިޓަލެއްގައި ނެބިއުލައިޒާ ފަރުވާއަށް ބޭނުންކުރާ މާސްކް ރީ-ޔޫސްކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި ނެބިއުލައިޒާ މާސްކް ރީ-ޔޫސްކޮށްފައިވަނީ ގއ. ވިލިގިލީގައި ހުންނަ އެއަތޮޅު ހޮސްޕިޓަލްގަ އެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ މިކަން ދިމާވިކަމަށް ބުނާ ފަރާތާއި ހަވާލާދީ، އެހެން ފަރާތަކުން ކޮށްފައިވާ ޓްވީޓްއަކާއި ގުޅިގެންނެވެ. މި ޓްވީޓްގައިވާ ގޮތުން ގއ. ހޮސްޕިޓަލްގެ މުވައްޒަފަކު ނެބްލައިޒޭޝަނަށް ބޭނުންކުރާ މާސްކް ރީ-ޔޫސްކުރާތަން ޓްވީޓްކުރި ފަރާތުގެ ބެސްޓްފްރެންޑަށް ފެނިފައިވާކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން އެ ހޮސްޕިޓަލްގެ މުވައްޒަފަކު އެއް ފަހަރު ބޭނުންކުރާ މާސްކް އިސްކުރު ފެނުން ދޮވުމަށްފަހު އަނެއްކާވެސް ބޭނުންކުރާކަމަށް ވަނީ ބުނެފަ އެވެ. އަދި ޓްވީޓްގައި ވާގޮތުން، މިކަމާއި ގުޅިގެން އެ މުވައްޒަފާއި ސުވާލުކުރުމުން، އޭނާ ބުނެފައިވަނީ ދުވާލެއްގެ މައްޗަށް އެ ހޮސްޕިޓަލަށް ގާތްގަނޑަކަށް 25 މީހުން ނެބްލައިޒްކުރުމަށް އަންނައިރު، ނެބްލައިޒޭޝަނަށް ދުވާލަކަށް ލިބެނީ 15 މާސްކްކަމަށެވެ.

މިކަމާއި ގުޅިގެން ގއ. ވިލިގިލީ ހޮސްޕިޓަލްގެ ޑިރެކްޓަރއަށް ގުޅާލުމުން އެބޭފުޅާ ވަނީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނުވާކަމަށް ވިދާޅުވެފައެވެ. 

އެހެންނަމަވެސް ހެލްތް މިނިސްޓަރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ވަނީ އެފަދަ ރިޕޯޓެއް އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން އިތުރަށް ބަލަމުންދާކަމަށްވެސް ވަޖުދާ ވަނީ ވިދާޅުވެފަ އެވެ.

ފެންމަތިވެފައި މިވާ މައްސަލަ އާއި ގުޅިގެން ޑޮކްޓަރ އެމްވީ އިން މިކަން ހިނގިތަން ފެނުނު ފަރާތަށް ގުޅާލުމުން، އެ ހާދިސާ އެގޮތަށް ހިނގާފައިވާކަން ވަނީ ޔަގީންކޮށްދީފަ އެވެ. އަދި ޓްވީޓްގައި ވާގޮތަށް އެ ފަރާތުން ވަނީ ހާދިސާ ސިފަކޮށްދީފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ