އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 21/12/2019

ޒީރޯ ކެލޮރީ ބުއިންތަކުގެ ސަބަބުން ބަރުދަން އިތުރުވޭ- ދިރާސާ

މިފަދަ ބުއިންތައް ބޯ މީހުންގެ ހަށިގަނޑުން އަވަހަށް ތަފާތު ނުފެނުނު ނަމަވެސް ގިނަ ދުވަސް ވާވަރަކަށް އެމީހުންގެ ހަށިގަނޑު ދާނީ ބަރުހެލިވަމުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 21/12/2019

Type 2 Diabetes Weight Gain Zero-calorie drinks
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ބާޒާރުގައި ޒީރޯ-ޝުގަރ / ޒީރޯ-ކެލޮރީސްގެ ނަމުގައި ނެރޭ ފިޒީ ބުއިންތަކުގެ ސަބަބުން ބަރުދަން އިތުރުވާކަމަށް ދާދިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ކަރެންޓް އެތެރޮސްކްލޮރޮސިސް ރިޕޯޓްސް ގައި ޝާއިއުކޮށްފައިވާ މި ދިރާސާ ހެދުމަށް އެމެރިކާގެ 5،000 މީހުންގެ ސިއްހީ ރެކޯޑް ދިރާސާ ޓީމުންވަނީ ބަލާފައެވެ. އަދި ދިރާސާގެ ނަތީޖާއިން ދެއްކިގޮތުގައި އެމީހުން ބުއިމަށް ބޭނުންކުރާ ޑައިޓު ސޮޑާ ފަދަ ބުއިންތަކަކީ އޭގެ ސަބަބުން ހަށިގަނޑު ބަރުހެލިވުމަށް އެހީތެރިވެދޭ ބުއިންތަކެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

ދިރާސާއިން އިތުރަށް ފާހަގަވި ކަންކަމުގެ ތެރޭގައި މިފަދަ ބުއިންތައް ބޯ މީހުންގެ ހަށިގަނޑުން އަވަހަށް ތަފާތު ނުފެނުނު ނަމަވެސް ގިނަ ދުވަސް ވާވަރަކަށް އެމީހުންގެ ހަށިގަނޑު ދާނީ ބަރުހެލިވަމުންނެވެ.

"މަސްނޫއީ ނުވަތަ އާޓިފިޝަލް ހަކުރު ބޭނުންކުރުމަކުން ވަކި ކޮންމެ ދުވަހަކު ބޭނުންކުރެވޭ ހަކުރުގެ މިންވަރު މަދެއް ނުވާނެ. ކެއުންބުއިމުގައި ހަގީގަތުގައި ލޯ ކެލޮރީ ހަކުރު ބޭނުންކުރަނީ އޭގެ ސަބަބުން ކުރާ އަސަރުކުޑަކޮށް ބޭނުން އެއްޗެއް ކެވޭނެ ކަމަށް ވިސްނިފަ އޮންނާތީ" އަލަށް ކުރި މި ދިރާސާ އާއި ގުޅޭގޮތުން ދިރާސާ ޓީމުގެ ލީޑް އޯތަރ ޕްރޮފެސަރ ޕީޓަރ ކްލިފްޓަން ބުނެފައިވެއެވެ.

ދިރާސާޓީމުން ފާހަގަކޮށްފައިވާގޮތުގައި ބަރުދަން ލުއި ކުރުމުގެ ގޮތުން ވިސްނިފައިވާ މިވިސްނުމުގެ ސަބަބުން ލޯ ކެލޮރީ ބުއިންތައް ބުއިމާއެކު ދެންހީވެފައި އޮންނަނީ އެއީ ހަށިގަނޑަށް ގެއްލުން ހުރި ކާނާ ކެއުމަށް ލިބޭ ހުއްދައެއް ކަމަށެވެ. ނަތީޖާއަކަށް ވަނީ ޒީރޯ ކެލޮރީ ކާނާގެ އަސްލު ފައިދާ ގެއްލުމެވެ.

މީގެއިތުރުން މަސްނޫއީ ނުވަތަ އާޓިފިޝަލް ހަކުރުގެ ސަބަބުން ބަނޑުގައި ހުންނަ ބެކްޓީރިއާއަށް އަސަރުކޮށް ބަރުދަން އިތުރުވުމަށާއި ޓައިޕް 2 ހަކުރު ބައްޔަށް މަގުފަހިކޮށްދެއެވެ.

މިދިރާސާއިން މިބުނަނީ ޒީރޯ ކެލޮރީ ބުއިންތައް މުޅިން ހުއްޓާލާކަށް ނޫނެވެ. މިބުއިންތަކަކީ ކެއުމުގައި ބޭނުން ކުރެވިދާނެ ބައެކެވެ. ނަމަވެސް މާ ގިނައިން ބޭނުން ކުރުމުން ލިބޭ ފައިދާއަށް ވުރެ ލިބޭ ގެއްލުން މާ ބޮޑެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ