އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/12/2019

2 އަހަރުގެ މި ތުއްތު ކުއްޖާ ތަހައްމަލް ކުރަމުންދަނީ މުސްކުޅި ބަލި

"ބެންޖަމިން ބަޓަން ޑިޒީސް"ގެ ނަންދީފައިވާ މި ބަލިޖެހުމުން އިންސާނާގެ ހަށިގަނޑުގައި އުފެދިފައި ހުރި ސެލްތައް އުމުރުން ދުވަސްވީ މީހެއްގެ ސެލްތަކަށް ބަދަލުވެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/12/2019

Rare diseases
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިނގެރޭސިވިލާތަށް އުފަން އުމުރުން ދެ އަހަރުގެ އައިލާ ކިލްޕެޓްރިކް- ސްކްރީޓޮން އަކީ ދުނިޔޭގައި ދިރިއުޅޭ އެހެން ކުޑަކުދިންނާއި ވަރަށް ތަފާތު ކުއްޖެކެވެ. އުފަންވިއިރު ދިމާވި އެކި ކަހަލަ މައްސަލަތަކާއެކު، އުމުރުން ދެ އަހަރުގެ އައިލާ އަކީ ދުނިޔޭގައި ހުރި އެ އުމުރުގައި މުސްކުޅި ބަލި ތަހައްމަލް ކުރަމުންދާ ހަމައެކަނި ކުއްޖާއެވެ.

"ބެންޖަމިން ބަޓަން ޑިޒީސް"ގެ ނަންދީފައިވާ މި ބަލިޖެހުމުން އިންސާނާގެ ހަށިގަނޑުގައި އުފެދިފައި ހުރި ސެލްތައް އުމުރުން ދުވަސްވީ މީހެއްގެ ސެލްތަކަށް ބަދަލުވެއެވެ. ނެޝަނަލް އޮގަނައިޒޭޝަން ފޯރ ރެއަރ ޑިޒީސްގެ ރިޕޯޓުތަކުން ދައްކާގޮތުގައި މިހާތަނަށް އެ އޮގަނައިޒޭޝަނަށް ރިޕޯޓުކޮށްފައިވަނީ މި ފަދަ ޖެނެޓިކް ކޮންޑިޝަންގެ އެންމެ 40 ކޭސްއެވެ.

އަދި ޑީއެންއޭއިން ދައްކާގޮތުގައި އައިލާގެ ހަށިގަނޑުގައިވާ މިއުޓޭޝަން އަކީ މީގެކުރިން މިކަން ތަހައްމަލްކުރި އެއްވެސް ކުއްޖެއްގެ ހަށިގަނޑުން ފެނިފައިނުވާ ފަދަ މިއުޓޭޝަން އެކެވެ. އަދި އެ އުމުރުގެ ކުއްޖަކާއި އަޅާބަލާފައި ސިއްހީގޮތުން އެތައް ކަމެއް އައިލާ ތަހައްމަލް ކުރަމުންދާ ކަމަށްވެސް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ. އެގޮތުން ހިތުގެ ބަލީގެ އިތުރުން އަދި ނޭވާލުމުގެ ދަތިތަކާއި މިހާރުވެސް އައިލާ ހަނގުރާމަކުރަމުންދާއިރު، މުސްތަޤްބަލްގައި އިތުރު ކަންކަން ކުރިމަތިވެދާނޭ ކަމށްވެސް ރިޕޯޓުތައް ބުނެއެވެ.

2017 ވަނަ އަހަރުގެ ފެބްރުއަރީ 2 ވަނަ ދުވަހު އައިލާ އުފަންވެފައިވަނީ އޭނާގެ މަންމަ ސްޓޭސީގެ ބަނޑަށް 36 ހަފްތާގައެވެ. އަދި އައިލާ ވިހިއިރު ނޭވާ ހާސްވެފައިވާއިރު، ފުރަތަމަ 5 ދުވަހު އޭނާ ބާއްވަންވެސް ޖެހުނީ ކޯމާއެއްގައެވެ. އޭގެ އެއްމަސްދުވަސްފަހުން އައިލާ ގެއަށް ފޮނުވާލިނަމަވެސް އޭގެ ހަދުވަސް ފަހުން، އައިލާއަށް ބުއްފުޅިދެމުން ދަނިކޮށް ކަރުގައި އަޅައިގަނެ، ކުއްޖާއެއްކޮށް ނޫވެ ހާލަތު ގޯސްވުމުގެ ސަބަބުން އެމަރޖެންސީކޮށް ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. 

މި ގޮތަށް ދިމަވާތާ 3 މަސްފަހުން އައިލާއަށް އެހެން ދިމާވާ ސަބަބު ޑޮކްޓަރުން ދެނެގަތެވެ. އަދި އެހެންދިމާވަނީ އައިލާ ކަމަކާއި ހިތްހަމަނުޖެހި ރުޅިގަދަވުމުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި ގިނަ ޓެސްޓުތަކެއް ހެދުމަށްފަހު 2017 ވަނަ އަހަރުގެ އޮކްޓޫބަރުމަހު އައިލާގެ ހަށިގަނޑުން ވަނީ ބެންޖަމިން ބަޓަން ޑިޒީސް ފެނިފަ އެވެ.

އައިލާގެ އުމުރުން 2 އަހަރުވީއިރުވެސް އޭނާގެ މައިންބަފައިންތިބީ ވާނުވާ ނޭނގި ހާސްކަމެއްގެ ތެރޭގައެވެ. އައިލާއަށް ކާން ދޭން ޖެހެނީ ހޮޅިންނެވެ. އަދި ދާދިފަހުން އައިލާ ފިރުކެންފަށާފައިވާއިރު، ވާހަކަވެސް ދެއްކެނީ ވަރަށްވެސް އުނދަގުލުން ކަމަށް އައިލާގެ މައިންބަފައިން ވަނީ ބުނެފައެވެ.

އައިލާއަށް ޖެހިފައިވާ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހަންގަނޑު ހުދުވެ ތުނިވުމާއި، ނޭވާލާ ހޮޅި ހަނިވުމާއި އަދި އަނގައުފެދިފައި އިންނަ ގޮތުން ކޮންމެ ވަގުތެއްގައިވެސް އޭނާގެ ނޭވާލުން ހުއްޓިދާނޭ ކަމަށް އައިލާގެ ބައްޕަ ވަނީ ބުނެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ