އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 14/12/2019

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހިނގާލުން އިއްޔެ ބާއްވައިފި

ރައްޖޭގެ ބޮޑެތި ރަށްތަކުގައި އެވްރެޖް ގޮތެއްގައި ކޮންމެ އަހަރަކު 2000 އެއްހާ ހާދިސާ ހިނގައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 14/12/2019

Road Safety Walk
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހިނގާލުން އިއްޔެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވައިފި އެވެ.

މާލޭގައި މި ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަންއާއި މޯލްޑިވްސް ޕޮލިސް ސަރވިސަސް އާއި މާލެ ސިޓީ ކައުންސިލް އަދި ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެންނެވެ. މި ހިނގާލުމުގެ ޝިޔާރަކަށް ކަނޑައެޅިފައިވަނީ "ފުރާނައިގެ ސަލާމަތައް އަޑު އުފުލަމާ" އެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މި ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމްގެ އިސްނެންގެވުމުގެ މަތިންނެވެ. އަދި މި ހިނގާލުން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ ރައްޖޭގެ ބޮޑެތި ރަށްތަކުގައި އެވްރެޖް ގޮތެއްގައި ކޮންމެ އަހަރަކު 2000 އެއްހާ ހާދިސާ ހިނގާ މިފަދަ ހާދިސާތަކުގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 9 މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ.

ނައިބުރައީސް އިސްނަންގަވައިގެން މަގުމަތީގައި އުޅޭ ކޮންމެ ފަރުދަކަށްމެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްޓަކައި ފައްޓަވައިފާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން އިއްޔެ މި ހިގާލުން ކުރިއަށް ގެންގޮސްފައިވަނީ ސޯޝަލް ސެންޓަރު ކުރިމަތިން ފެށިގެން ހެންވޭރު ދަނޑާ ހަމައަށެވެ.

މިހިނގާލުން ކުރިއަށް ދިޔައިރު މަޖީދީމަގު މާވެޔޮމަގު ޖަންކްޝަންގައި އަދި ހިނގާލުން ނިންމި ސަރަޙައްދުގައި (ހެންވޭރު ދަނޑު ކުރިމަތި) އެކްސިޑެންޓް ސީންއެއް ވަނީ ދައްކާލާފައެވެ. އަދި މިފަދަ ހާދިސާއެއް ހިނގައިފިނަމަ ކަންތައް ކުރާނެ ގޮތާއި އެހާދިސާގައި އަނިޔާވާ ފަރާތްތަކަށް ފުރަތަމަ އެހީ ދޭނެގޮތާއި އުފުލާ ގެންގުޅޭނެ ގޮތުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސްސަރވިސަސް އަދި ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުންކުރިއަށް ގެންގޮސްފައިވެއެވެ. 

މި ހިގާލުމުގައި ސަރުކާރުގެ މުއައްސަސާތަކުންނާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުންނާއި ޔޫއެން އެޖެންސީތަކުންނާއި މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަށް ހިމެނޭ ގޮތަށް 300 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ