
ރާއްޖޭގެ ޤައުމީ ބޭންކުން، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ޖަމިއްޔާއަށް 60،000 ރުފިޔާގެ ފައިސާ ހަދިޔާކޮށްފި އެވެ.
މިއަދު ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވި ކުޑަ ހަފްލާއެއްގައި ބީއެމްއެލްއާއި އެކުންފުނީގެ މުވައްޒަފުންގެ ނަމުގައި ރަމްޒީގޮތުން މިފައިސާ އެ ޖަމިއްޔާއަށް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޓިމް ސޯޔާ އެވެ.
ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރަމުން އަންނަ އާކް ޖަމިއްޔާއިން ބުނީ މިއަދު ބީއެމްއެލްއިން ހަދިޔާ ކުރި ފައިސާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާއިން ހިންގާ "ޝެލްޓަރ ސަޕޯޓް ޕްރޮގްރާމް"ގެ ދަށުން މި ސްކޫލް ބަންދުގައި ކުޑަކުދިންގެ ހިޔާގައި ތަފާތު ހަރަކާތްތައް ހިންގުމަށް ކަމަށެވެ.
އާކްއިން ވަނީ މިއަހަރު ބީއެމްއެލްއިން އިންތިޒާމްކުރި "ވާވް ކިޑްސް ރަން" އިންވެސް ލިބުނު ފައިސާ އެ ޖަމިއްޔާއަށް ހަދިޔާކުރިކަން ފާހަގަކޮށްފައެވެ. އަދި މި އެހީގެ ފައިސާ، ރެސްޕެކްޓް ކެމްޕެއިނުގެ ދަށުން، ހިންގާ ހަނގާކުރުމާއި ދެކޮޅު އެކި ހަރާކްތަކުގައި ހޭދަކޮށްފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އެގޮތުން ހަނގާގެ ހަތަރުވައްތަރެއް ކަމަށްވާ، ފިޒިކަލް ބުލީ، އިމޯޝަނަލް ބުލީ، ސޯޝަލް ބުލީ އަދި ސައިބަރ ބްލީން އާއި ދެކޮޅަށް ޕޯސްޓަރާއި، ވީޑިއޯ އަދި އޯޑިއޯ ކްލިޕްސްތައް އުފައްދާފައިވާކަންވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
އެޖަމިއްޔާއަށް ގިނަ ފަރާތްތަކަކުން ލިބޭ އެއްބާރުލުން ފާހަގަކޮށް އާކްއިން ބުނީ އެޖަމިއްޔާއިން މިހާރުވެސް ކުރުނބާ މޯލްޑިވްސް އާއި ގުޅިގެން ފިޔަވަތީގައި ތިބި ކުޑަކުދިންނަށް ހާއްސަކޮށް، ކޮމްޕިއުޓަރ، އާރޓް އަދި ފެތުމުގެ ކްލާސްތަކެއް ނަގައިދެމުން އަންނަ ކަމަށެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)