އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 08/12/2019

މޯބައިލް ފޯނުގެ ސަބަބުން ބޮލަށާއި ކަނދުރާއަށް ލިބޭ ގެއްލުންތައް ދަނީ އިތުރުވަމުން

މިދިރާސާގައި ބައިވެރިވެފައިވަނީ ރަޓްގާސް ނިއުޖާޒީ މެޑިކަލް ސްކޫލްގައި މަސައްކަތްކުރާ ޑރ. ބޯރިސް ޕަސްހޯވަރ އާއި އޭނާގެ ރިސާޗް ޓީމުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 08/12/2019

Accidental Injury
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މޯބައިލް ފޯނުގެ ސަބަބުން އިންސާނާގެ ބޮލަށާއި ސިކުނޑިއަށް ކިބޭ ގެއްލުންތައް އިތުރުވަމުން ދާކަމަށް ދާދިފަހުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

ރަޓްގާސް ނިއުޖާޒީ މެޑިކަލް ސްކޫލްގައި މަސައްކަތްކުރާ ޑރ. ބޯރިސް ޕަސްހޯވަރ އާއި އޭނާގެ ރިސާޗް ޓީމުން ހެދި މި ދިރާސާއިން ދައްކާގޮތުގައި މޯބައިލް ފޯނު ތައާރަފްކުރި ހިސާބުން ފެށިގެން މިހާތަނަށް މިފަދަ ކޭސްތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެކަން ޔަގީންކުރުމަށް ދިރާސާ ޓީމުން ވަނީ އެ ހޮސްޕިޓަލްގެ ފާއިތުވި ވިހި އަހަރުގެ އެމަރޖެންސީ ރޫމް ޑޭޓާތައް ބަލާފައެވެ.

ޑރ. ޕަސްހޯވާރ ބުނެފައިވާ ގޮތުން މި ދިރާސާކުރުމަށް އޭނާގެ ޝައުގުވެރިކަން އުފެދުނީ، މޫނުމައްޗަށް މޯބައިލް ފޯނެއް ވެއްޓިގެން އެ ހޮސްޕިޓަލަށް ގެނައި އަންހެނެއްގެ މޫނުގެ ޕްލާސްޓިކް ސާޖަރީއެއް ހަދަން ޖެހުނު ހިސާބުން ކަމަށެވެ. އަދި އިތުރަށް ހޯދި ހޯދުމުން މިކަމުގެ ސީރިއަސްކަން ފާހަގަވެފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ޖެމާ އޯޓޯލަރުންގޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައވާ މި ދިރާސާ ކުރުމަށްޓަކައި ދިރާސާ ޓީމުން ވަނީ ޖުމްލަ 100 ހޮސްޕިޓަލެއްގެ އެމަރޖެންސީ ރޫމް ޑޭޓާ ބަލާފައެވެ. އަދި ދިރާސާއިން ދައްކާގޮތުގައި 1998 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ހަމަޔަށް މޯބައިލް ފޯނުގެ ސަބަބުން 2،500 މީހުންނަށް ވަނީ ބޮލަށާއި އަދި ކަނދުރާއަށް އެކިވަރުގެ ގެއްލުން ލިބިފައެވެ. އަދި ދިރާސާގައި ވާގޮތުން ގިނަ މީހުންވަނީ ހޮސްޕިޓަލަށް ނުގޮސް ފަރުވާ ހޯދާފައެވެ. އެހެންނަމަވެސް މިއީ އަޅާނުލާ ދޫކޮށްލެވޭ ވަރަށްވުރެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

ފޯނުގެ ސަބަބުން ބޮލަށާއި އަދި ކަނދުރާއަށް ލިބޭ އަނިޔާގެ އިތުރުން ހަށިގަނޑުގެ އެހެން ގުނަވަންތަކަށްވެސް އަނިޔާ ލިބޭކަމަށް ދިރާސާގައި ވަނީ ބުނެފައެވެ. އަދި ދިރާސާކޮށްފައިވާ މުއްދަތަށް ބަލާނަމަ މުޅި އެމެރިކާއިން 76،000 އަށްވުރެ ގިނަ މީހުންނަށް މޯބައިލް ފޯނުގެ ސަބަބުން އަނިޔާ ލިބިފައިވާނޭ ކަމަށް ބެލެވޭކަމަށްވެސް ދިރާސާގައި ބުނެފައިވެއެވެ. 

ދިރާސާގައި އަނިޔާ ލިބިފައިވާ މީހުންގެ ތެރެއިން 40 އިންސައްތައަކީ 13 އަހަރާއި 29 އަހަރާއި ދެމެދުގެ މީހުންނެވެ. އަދި މީގެތެރެއިން ގިނައިން އަނިޔާވެފައި ވަނީ ހިނގާބިގާވެ އުޅޭއިރު ނުވަތަ ދުއްވަމުން ފޯނު ބޭނުންކުރުމުގެ ސަބަބުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ