އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 22/11/2019

މާލެއަތޮޅު ސިއްހީ މަރުކަޒުން ހަކުރު ބައްޔަށް ޓެސްޓް ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 22/11/2019

Male' Atoll Heallth Center K. Thulushdoo
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ތުލުސްދޫގައި ހުންނަ ކ. އަތޮޅު ސިއްހީ މަރުކަޒުން ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ތުލުސްދޫ ސިއްހީ މަރުކަޒުން މިއަދު ކޮށްފައިވާ ޓްވީޓްގައި ބުނެފައިވާގޮތުން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގަ އެވެ. މި ޕްރޮގްރާމް އޮންނާނީ ކ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ހެނދުނު 10:00 ން ހަވީރު 16:00 އަށެވެ.

މީގެއިތުރުން ތުލުސްދޫ ސިއްހީ މަރުކަޒުގެ ޓްވީޓްގައި ބުނެފައިވާގޮތުން މި ޕްރޮގްރާމްގައި ލޭގެ ޕްރެޝަރ ބެލުމާއި، އިސްކޮޅާއި ބަރުދަން ބެލުމުގެ އިތުރުން އިސްކޮޅާއި ބަރުދަން ބެލެންސް ކުރާނެ ގޮތް ވެސް ކިޔައިދެވޭނެ ކަމަށެވެ. އަދި ހަށިގަނޑުގައި ސަރުބީގެ މިންވަރު ބެލުމާއި، އަދި ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު މިންވަރު ބެލުމުގެ އިތުރުން ސްކްރީނިން ޕްރޮގްރާމްގެ ނަތީޖާ އާއި ގުޅޭގޮތުން ޑޮކްޓަރުންނާއި މަޝްވަރާ ކުރުމުގެ ފުރުސަތު ވެސް ލިބޭނޭ ކަމަށް ވަނީ ބުނެފަ އެވެ.

ބައިނަލްއަޤްވާމީ ހަކުރު ބަލީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު 14 ވަނަ ދުވަހުގަ އެވެ. 2018 ވަނަ އަހަރާއި މިއަހަރު ހަކުރުބަލީގެ ދުވަހުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ހަކުރު ބަލިން އާއިލާ ރައްކާތެރިކުރައްވާ" މި ތީމެވެ. 

މިއަހަރުގެ ހަކުރު ބަލީގެ ދުވަހަށް އަމާޒުކޮށް ހެލްތް މިނިސްޓްރީންނާއި އަދި ރާއްޖޭގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ އެކިއެކި މުއައްސަސާތަކުން ގެންދަނީ ދުރާލާ މިކަމަށް ހޭލުންތެރިކުރުވުމުގެ މައުލޫމާތުތައް އާއްމުންނަށް ފޯރުކޮށްދެމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ