އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 20/11/2019

އާއްމުންނަށް ހުޅުވާލައިގެން މިރޭ އެމް.އެން.ޔޫ ގައި ޚާއްސަ ފޯރަމެއް

މި ފޯރަމް އަކީ އެމް.އެން.ޔޫ އިން ބާއްވަމުން ގެންދާ "އިލްމީ ފޯވަހި" ނަމަކަށް ކިޔާ ސިލްސިލާ ޕަބްލިކް ފޯރަމްގެ ބަޔެކެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 20/11/2019

MNU
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

"ތިބާގެ ޞިއްޙަތު ފުރިހަމައީ ކިހާ މިންވަރަކަށްތޯ؟" ނަމަކަށް ކިޔާ ޚާއްސަ ފޯރަމެއް މިރޭ އެމް.އެން.ޔޫ ގައި ކުރިއަށް ދާނެއެވެ. 

މި ފޯރަމް އަކީ އެމް.އެން.ޔޫ އިން ބާއްވަމުން ގެންދާ "އިލްމީ ފޯވަހި" ނަމަކަށް ކިޔާ ސިލްސިލާ ޕަބްލިކް ފޯރަމްގެ ބަޔެކެވެ. އެގޮތުން މިފަހަރުގެ ފޯރަމް އިންތިޒާމްކޮށްފައިވަނީ އެމް.އެން.ޔޫގެ ސްކޫލް އޮފް މެޑިސިން އިންނެވެ. ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭ 8:00-9:30 އަށް އެމް.އެން.ޔޫ ގެ ފެކަލްޓީ އޮފް އެޑިއުކޭޝަން އޮޑިޓޮރިއަމް ގައެވެ.

އާއްމުންނަށް ހުޅުވާލައިގެން ބާއްވާ މި ފޯރަމްގައި މައުލޫމާތު ދިނުމަށް ސިއްހީ ތަޖުރިބާކާރުންގެ ޕެނަލްއެއްވެސް ވަނީ އެކުލަވާލެވިފައެވެ. މިޕެނަލްގައި ހިމެނިވަޑައިގަންނަވަނީ ޑރ. ޝީޒާ އަލީ، ޑރ. ޝައިސްތާ ޒުބައިރު، ޑރ. އައިމިނަތު ހުދާ، އަދި ޑރ. އިބްރާހީމް އިޔާޒް އެވެ.

ޑޮކްޓަރ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝީޒާ އަލީ ވިދާޅުވީ މި ފޯރަމްގެ އަމާޒަކީ "ތިބާގެ ޞިއްޙަތު ފުރިހަމައީ ކިހާ މިންވަރަކަށްތޯ؟" މިސުވާލަށް ޖަވާބު ދިނުމެވެ. އެގޮތުން 8:00 ޖަހާއިރުން ފެށުގެން އާއްމުންނަށް ހިލޭ ބޭސިކް ސްކްރީނިންގް ޓެސްޓުތަކެއް ހެދޭނެއެވެ. އަދި މިޓެސްޓުތަކުގެ ނަތީޖާއަށް އަލިއަޅުވާލާ ވިސްނަންޖެހޭ ކަންކަމާ މެދު 8:30 އިން ފެށިގެން ޕެނަލް އިން މަޝްވަރާ ކުރާނެ ކަންވެސް ޑރ. ޝީޒާ ވިދާޅުވިއެވެ.

މިރޭގެ ފޯރަމްގައި އާއްމުންނަށް ހެދޭ ޓެސްޓުތަކުގެ ތެރޭގައި ހަކުރު ހުރި މިންވަރާއި، ލޭގެ ޕްރެޝާ، ހިތުގެ ބަލިތަކަށް ޓެސްޓު ކުރުމުގެ އިތުރުން ހަށިގަނޑުގެ ބޮޑީ މާސް އިންޑެކްސް (ބީ.އެމް.އައި) ވެސް ބެލޭނެއެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ