އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/11/2019

އުމުރުން ދުވަސްވީ މީހުންނާއި ގުޅޭ އެކްޝަން ޕްލޭން އިފްތިތާހް ކޮށްފި

މިއަދު މި އިފްތިތާހްކުރި އެކްޝަން ޕްލޭންގައި ޖުމްލަ 34 ކަމަކުން އުމުރުން ދުވަސްވީ މީހުންނަށް ޙާއްސަ ސަމާލުކަމެއް ދީފައި ވެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/11/2019

Policy
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމުގެގޮތުން، ސަރުކާރުން އުމުރުން ދުވަސްވީ މީހުންނާއި ގުޅޭ އެކްޝަން ޕްލޭންއެއް އިފްތިތާހް ކޮށްފި އެވެ. މި އެކްޝަން ޕްލޭން އިފްތިތާހް ކޮށްދެއްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަބަލުން ފަޒްނާ އަހުމަދު އެވެ.

މި އެކްޝަން ޕްލޭން ތައާރަފްކޮށް ވާހަކަފުޅުދައްކަވަމުން ޖެންޑާ މިނިސްޓަރ ސިދާތާ ޝަރީފް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށް ރެސިޑެންސީ ހޯމްއެއް އެޅުމުގެ އަމަލީ މަސައްކަތް ސަރުކާރުން ވަރަށް އަވަހަށް ފައްޓާނޭ ކަމަށެވެ.

އަދި މިނިސްޓަރ ވަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރ އެއްވަނަ ދުވަހަކީ އުމުރުންދުވަސް ވީ މީހުންގެ ދުވަސް ކަމުގައި ކަނޑައަޅާ އިއުލާން ކުރައްވާފަ އެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މި މުޖުތަމައުން އުމުރުން ދުވަސް ވީ މީހުންނަށް އަޅާލުމާއި، ރައްކާތެރިކަމާއި އަދި ސިއްހަތާއި ދުޅަހެޔޮކަން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށެވެ.

 މިއަދުގެ ހާއްސަ ޖަލްސާ ބޭއްވީ ހޮޓެލް ޖެން ގައެވެ. ފޮޓޯ: ރައީސް އޮފީސް

 

މިއަދު މި އިފްތިތާހްކުރި އެކްޝަން ޕްލޭންގައި ޖުމްލަ 34 ކަމަކުން އުމުރުން ދުވަސްވީ މީހުންނަށް ޙާއްސަ ސަމާލުކަމެއް ދީފައި ވެއެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި، ރައްކާތެރިކަން ފޮރުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.

ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަސް އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ނިންމާފައިވާއިރު، މިދުވަހަކީ ގައުމަށާއި އެ މީހުންގެ އާއިލާތަކަށް ކޮށްދީފައިވާ ހިދުމަތް ފާހަގަކޮށް އަގުވަޒަން ކުރުމަށްޓަކައި ފާހަގަކުރަން ނިންމި ދުވަހެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ. 

މީގެއިތުރުން މި ދުވަސް ފާހަގަކުރަން ހިންގާ ހަރަކާތްތަކުގައި ތެރޭގައި އެ މީހުންގެ ތަޖުރިބާ އާއި މައުލޫމާތު ހިއްސާކުރުން ހިމެނޭނެ ކަމަށް ޝިދާތާ ވިދާޅުވި އެވެ. އަދި މި ދުވަހާ ގުޅޭ ޕްރޮގްރާމްތައް ސްކޫލްތަކަށް ތައާރަފްކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ