އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 11/09/2019

ދިވެހިރާއްޖޭގެ ފުރަތަމަ މެޑިކަލް ސްކޫލް: ދެ ބެޗްގެ ކުދިންގެ ތަފާތު ހިޔާލުތައް

ދިވެހިރާއްޖޭގެ ފުރަތަމަ މެޑިކަލް ސްކޫލުގެ ކަންތައްތަކާއި ކިޔަވެމާއި ބެހޭގޮތުން ދެބެޗްގެ ދަރިވަރުންނާއި އަޅުގަނޑުމެން މަޝްވަރާ ކޮށްލީމެވެ.
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 11/09/2019

Medical school
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދިވެހިރާއްޖޭގެ ފުރަތަމަ މެޑިކަލް ސްކޫލުގެ ކަންތައްތަކާއި ކިޔަވެމާއި ބެހޭގޮތުން ދެބެޗްގެ ދަރިވަރުންނާއި އަޅުގަނޑުމެން މަޝްވަރާ ކުރިއިރު ފާހަގަ ވެގެން ދިޔައީ ތަފާތު ތަޖުރިބާތަކެކެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސީޓީއިން ތައާރަފް ކުރި އާ މެޑިކަލް ސްކޫލްގެ ފުރަތަމަ ޑީން 8 އޮކްޓޯބަރ 2018 ވަނީ އައްޔަން ކުރެވިފައެވެ. ރާއްޖޭގައި އެމް.ބީ.ބީ.އެސް ހެދުމުގެ ފުރުސަތު ހުޅުވާލުމަށް އެޅެވުނު ފުރަތަމަ ފިޔަވަޅުތަކުގެ ތެރެއިން މިދުވަސްވެއެވެ. މިފަދަ ފުރުސަތަކީ ސިއްހީ ދާއިރާއިން ކިޔަވަން ބޭނުންވާ ކުދިންނަށް ލިބުނު ވަރަށް ވެސް ބޮޑު ލުޔެކެވެ. އާއިލާއާ ރައްޓެހިންނާއި ދުރުގައި 6 އަހަރު ހާދުވަސް ހޭދަކޮށް ބޮޑު ލޯނެއް ބޮލުގައި އެޅުވުމުން ސަލާމަތް ވީމައެވެ.

ފުރަތަމަ ބެޗް

އެމް.އެން.ޔޫ ގެ ވައިސް ޗާންސްލާ ޑރ. ފަވާޒް ވިދާޅުވެފައިވާ ގޮތުގައި މެޑިކަލް ސްކޫލް ހުޅުވުމުގެ ހަފްތާއެއް ފަހުން މޭލޭށިއާގެ ޔޫ.ކޭ.އެމްގެ ސިލަބަސްގެ ދަށުން 37 ކުއްޖެއް މެޑިކަލް ސްކޫލުގައި ކިޔެވުން ފަށާނެއެވެ.

ނަމަވެސް މިއަހަރު ފެށުނުކޮޅު ލިބުނު ރިޕޯޓަކުން އެނގޭގޮތުންނަމަ މަދަރުސާގެ ފުރަތަމަ ބެޗްގައި ހިމެނެނީ 22 ކުދިންނެވެ. ކުދިން ވަނީ ކޯހުގެ ފުރަތަމަ ބައި މެލޭޝިއާގައި ހަދާފައެވެ. އަދި އެއަށްފަހު ޖަނުއަރީގައި ރާއްޖެ އައުމަށްފަހު ޖޫންގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ކިޔެވުންވަނީ ފަށާފައެވެ. ކޯހުގެ އަގު އަހަރަކު 123،000 ރުފިޔާ ކަމުގައި ވީނަމަވެސް މި ކޯސް ހިމެނެނީ ސަރުކާރުގެ މަތީތައުލީމު ހިލޭ ކިޔެވޭ ޕްރްގްރާމްގެ ދަށުންނެވެ. ފުރަތަމަ ބެޗް ގެ ދަރިވަރަކު މައުލޫމާތު ދިންގޮތުގައި މަދަރުސާގެ ޑީން އަކީ ބުރަ މަސައްކަތް ތެކެއް ކުރަމުން އަންނަ ޖަވާބްދާރީވާ ޒިންމާދާރު ބޭފުޅެކެވެ. ކިޔަވަމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި މަދަރުސާއަށް ހާއްސަ ކުރެވިފައިވާ ދެބުރީގައެވެ. ޒަމާނީ ވަސީލަތްތަކާއެކު އެކަމަށް ގާބިލު ޓީޗަރުންނާއި އެކުއެވެ. މީގެ އިތުރުން މަދަރުސާއަށް ކުރިއެރުން ތަކެއް އަންނަމުންދާ ވާހަކަވެސް ދަރިވަރު ބުންޔެވެ.

ފުރަތަމަ ބެޗްގެ ދަރިވަރުންގެ ކިޔެވުން ބާރު ދުވެއްޔެއްގައި ކުރި އަރަމުން ދިޔަނަމަވެސް އެކުދިންވެސް ބޮޑު ޑިލޭއަކާ ކުރިމަތިލާ އިތުރު ފުރުސަތުތަކެއް ގުރުބާން ކޮށްލަން ޖެހުނެވެ. ދަރިވަރަކު ބުނިގޮތުންނަމަ "އަޅުގަނޑު މިމަދަރުސާއަށް އައީ ވަރަށް މޮޅު ކޮލެޖެއް ދޫކޮށްފައި، އަކަމަކު 100 އިންސައްތަ ތެދަށް ބުނާނަމަ އެވީ ރަނގަޅު ނިންމުމަކަށް".

ދެވަނަ ބެޗް 

މެޑިކަލް ސްކޫލުގެ ކަންތައްތައް ރަނގަޅަށް ދިޔަ ކަމުގައި ވީނަމަވެސް ބައެއް ދަރިވަރުންގެ ޝަކުވާއާއި މައްސަލަތައް ހުއްޓެވެ.

އެގޮތުން އެންމެ ބޮޑު މައްސަލައަކަށް ވެގެންދަނީ ދެވަނަ ބެޗްގެ ކުދިންގެ ކިޔެވުން ފެށެން މާބޮޑަށް ލަސްވުމެވެ. މެޑިކަލް ސްކޫލުގެ ފަރާތުން މިކަމާއި ބެހޭގޮތުން ސާފު ޖަވާބެއް ލިބިފައި ނުވާކަމަށްވެސް ވެއެވެ.

ދަރިވަރަކު ބުނި ގޮތުގައި "ވަރަށްވެސް ބޮޑު ޑިލޭއެއް ދެވަނަ ބެޗް ފަށުމުގައި އެބައޮތް ( 4 މަސް ދުވަސް). މި ޑީލޭގެ އިތުރުން އަޅުގަނޑުމެންނަށް ސާފު ޖަވާބެއް ނުލިބި މި ޑިލޭ ވަނީ ކީއްވެގެން ކަމާދޭތެރޭ އަދި ކޯސް ފެށޭނެ އިރެއް ވެސް ސީދާނޭގޭ"

ދަރިވަރުން ދަނީ ސްކޫލުގެ ޖަވާބެއް ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އެތައް ފޯނުކޯލަކަށް ފަހު ލިބުނު ޖަވާބަކީ މިހާރުގެ ސަރުކާރުގެ ހާލަތާ އޭރުގެ ސަރުކާރުގެ ހާލަތް ތަފާތު ކަމަށެވެ. އަދި މިއަހަރުގެ ކޮންމެވެސް އިރެއްގައި ކޯސް ފެށޭނެ ވާހަކަވެސް ވަނީ ބުނެފައެވެ. ބަދަލަކާ ނުލާ އެހާ ސާފުނޫން ޖަވާބެއް ލިބުމުގެސަބަބުން ދަރިވަރުންގެ މާޔޫސްކަން ވަނީ އިތުރުވެފައެވެ.

ގާތްގަނޑަކަށް 25 ދަރިވަރުން މިވަގުތު މިޑިލޭގައި ވާއިރު ކޮންމެ ދަރިވަރަކުވެސް ބޭނުން ވަނީ ޔުނިވާރސިޓީ، މެޑިކަލް ސްކޫލް އަދި ސަރުކާރުގެ ފަރާތުން ސާފު ޖަވާބެކެވެ. މިފަދަ ހިތްހަމަނުޖެހުމެއް އުފެދުނު ސަބަބު ދަރިވަރަކު ކިޔައިދެމުން ބުނީ "ރާއްޖޭން ބޭރުން އެމްބީބީއެސް ހަދަން ބައިވަރު ފުރުސަތު ގެއްލިގެންވެސް މި މަޑުކުރަނީ މިކޮޅުން ހިލޭކިޔެވޭނެކަމަށް. އަޅުގަނޑުމެންނަށް ގުޅާނެ އިރެއް ނޭނގޭތީ ކުރުކޯސްތަކުގައިވެސް ބައިވެރިއެއް ނުވެވޭ. އެއްއަހަރު ނިމިގެން މިދަނީ އަޅުގަނޑުމެން ތެރެއިން ގިނަކުދިން އެއްވެސް ކަމެއް ނުކޮށް ތިއްބާ"

 

މެޑިކަލް ސްކޫލާއި ދޭތެރޭ އޮތް ހިޔާލު ދެބެޗް ކުދިންގެ ތަފާތުވީ ނަމަވެސް ދެފަރާތުގެ ހާލަތާމެދު ވިސްނައިފި މީހަކަށް ކަމުގެ އަސްލު ދެނެގަނެވޭނެއެވެ. އެއް ދަރިވަރަކަށް އޭނާ އުންމީދުކުރި ދާއިރާއިން ކިޔެވުމުގެ ފުރުސަތު ލިބިފައިވާ އިރު އަނެއް ދަރިވަރަކު އެ ފުރުސަތު ލިބުމުގެ އިންތިޒާރުގައި ދަނީ މަޑު ކުރަމުންނެވެ. މިކަހަލަ އާސްކޫލެއް ފަށާއިރު ލަސްވުންތަކެއް މެދުވެރިވުމަކީ ވެދާނޭ ކަމެއް ކަމަށް ގަބޫލުކުރާ ހިނދު އަޅުގަނޑުމެންގެ އުންމީދަކީ މެޑިކަލް ސްކޫލަށް އަވަސް ކުރިއެރުމެއް ލިބުމެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ